ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ފާޑުކިޔާ ފަރާތްތަކުން ކިތަންމެ ކޯފާވިނަމަވެސް މިއަދު ރާއްޖޭގެ ރައީސަކީ ހަމަ ރައީސް މުއިއްޒު ކަމަށް އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ ރައްޔިތުންގެ ކުރިމަތީ އެއްވެސް އަގެއް އިހުތިރާމެއް ނެތް ބަޔަކާއެކީ ކުރީގެ ރައީސް ޔާމީން މަސައްކަތް ކުރައްވާތީ ދެރަވާކަމަށް ވިދާޅުވި ވާހަކައަށް ޑރ މުހައްމަދު ޖަމީލް އަހުމަދު، އަބްދުއްރަހީމަށް ޖާހިލަކަށް ގޮވުމުން އެކަމަށް ދެއްވި ރައްދެއްގައެވެ.
އެކަމަށް ރައްދުދެއްވައި އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓުގައި ޖަމީލަށް ވިދާޅުވީ ކިތަންމެ ކޯފާވިޔަސް މިއަދު މި ގައުމުގެ ރައީސަކީ މުއިއްޒު ކަމަށާއި އެމަނިކުފާނު ބޭނުން ބޭފުޅަކަށް ބޭނުން މަގާމެއް ދެއްވުމުގެ ބާރު ގާނޫނު އަސާސީން އެމަނިކުފާނަށް ލިބިވަޑައިގަންނަވާކަމަށެވެ.
އަބްދުއްރަހީމް ވަނީ ކެތްތެރިކަން އިސްކުރެއްވުމަކީ ބުއްދިވެރިގޮތް ކަމަށް ޖަމީލަށް ވިދާޅުވެފައެވެ. އަދި މާ ކޯފާ ގަދަ ވާނަމަ ކަމު ނުދާނެ ކަމަށާއި އެއީ ޖާހިލުންގެ ސިފައެއް ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.
މިފަހަކަށް އައިސް ރައީސް ޔާމީނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން އަންނަނީ މުއިއްޒު ސަރުކާރާމެދު ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާމެދު ނަފްރަތު އުފެދޭ ގޮތަށް ދޮގު ވާހަކަތައް ފަތުރަމުންނެވެ. ނަމަވެސް ރައީސް ޔާމީނަށްޓަކާއި ރައީސް މުއިއްޒުގެ ހިތްޕުޅުގައި އޮތީ ގަދަރާއި އިހުތިރާމް ކަމަށް އެމަނިކުފާނު ވަނީ ދާދި ފަހުން އެސްއެސްޓީވީއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ވެސް ވިދާޅުވެފައެވެ.
އަހަރުމެން ހީކުރީ ރައީސަކީ އަދުރޭ ކަމަށް.