ދަތުރު ގޮސް، މޫދަށް އެރި އުޅެނިކޮށް ޒުވާން އަންހެން ކުއްޖަކު ގެނބިގެން މަރުވެއްޖެއެވެ.

Ads by Asuru

ފުލުހުން ބުނީ ތ. ވިލުފުށީ ކައިރީ އޮންނަ ފަޅުރަށަކަށް ދަތުރުގޮސް އުޅުނު އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ގެނބިގެން ވިލުފުށީ ހެލްތް ސެންޓަރަށް ގެންދާ ކަމަށް 12:45 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެކުއްޖާ ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހެލްތް ސެންޓަރުން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.