ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ބޮލުގައި ސާބިތުނުހިފޭ އިލްޒާމް އަޅުވަނީ އެމަނިކުފާނުގެ ރިވެތި މަސައްކަތްތައް ހަޖަމްނުވާތީކަމަށް ޝެއިލް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ޒައިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާތަނަށް ފެނުނު އެންމެ އިހުލާސްތެރި އަދި ދީނީ ޝިއާރުތައް ގިނައިން ފާޅުކުރައްވާ ނަމާދަށް ފަރުވާ ބަހައްޓަވާ ރައީސަކީ ރައީސް މުއިއްޒު ކަމަށެވެ. އަދި އެމަނިކުފާނުގެ އިސްތަށިފުޅުގައި ސާބިތުނުހިފޭ އިލްޒާމް އަޅުވާ ނުހައްގުން ފާޑުފާޑުގެ ނަންނަން ކިޔަނީ އެމަނިކުފާނުގެ ރިވެތި މަސައްކަތްތައް ހަޖަމް ނުވާތީ ކަމަށް ޒައިދު ވިދާޅުވިއެވެ.

މިފަދައިން ޒައިދު ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒުގެ އިސްލާމީ ރިވެތި އާދަތަކާމެދު ހަސަރަވެރި ނުވުމަށްވެސް ޒައިދު ވަނީ ވިދާޅުވެފައެވެ.

ރައީސް މުއިއްޒު ސަރުކާރު ހިންގަމުން އަންނަނީ އިސްލާމީ އުސޫލުތަކާއި އެއްގޮތަށްކަމުން އެމަނިކުފާނަށް ގިނަ ރައްޔިތުންގެ ތައުރީފް ވަނީ އަމާޒުވެފައެވެ. ދީނީ ކަންކަމަށް އިތުރު ވަގުތު ފަހިކޮށްދިނުމުގެ ގޮތުން އެމަނިކުފާނު ވަނީ ނިމިގެން މިދިޔަ ރަމަޟާންމަހުގެވެސް ފަހު 10 ސަރުކާރު ބަންދުކުރައްވާފައެވެ. އަދި އިސްލާމީ ޖޯށުގައި އީދު ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ”އީދު އަލި“ އިފްތިތާހްކޮށްދެއްވައި ސިޓީތަކާއި އަތޮޅުވެރިކަން ކުރާ ރަށްތައް ބޮކިތަކުން ވަނީ ދިއްލާލާފައެވެ.