ހުޅުމާލޭގައި ފޯރި ގަދަ ގޮތެއްގައި ފިތުރު އީދު ފާހަގަ ކުރުމަށް ބޭއްވި ”އީދު ޖަގަޑާ“ ހަރަކާތް ކުރިއަށް ދިޔައީ އީދު ދުވަހުގެ ހެނދުނު 8.45 އިން މެންދުރު 2:00އަށް ހުޅު ބީޗު ސަރަހައްދުގައެވެ.

Ads by Asuru

”ކުލަބު ހުޅު“ އިން އިސްނަގައިގެން ބޭއްވި މި ހަރަކާތުގައި ކޯ ސްޕޮންސަރއެއްގެ ގޮތުން އުރީދޫ މޯލްޑިވްސް ވަނީ ބައިވެރިވެފައެވެ.

މި ހަރަކާތުގައި ފެންކުޅު ކުޅުމާއި، ފައިގަތަޅާ އަދި ވާދެމުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މޮޅުވާ ޓީމުތަކަށް އަގުހުރު އިނާމުތަކެއް ވެސް ހުށަހެޅުނެވެ. ކުޑަކުދިންނަށް ހާއްސަކުރެވިގެން ބޭއްވުނު ގޭމުތަކުގެ ތެރޭގައި ތިންފައި ރޭސް، ގޯނި ރޭސް، ލުބޯ ސަމުސާ ރޭސް ހިމެނެއެވެ.

ހުޅުމާލޭގައި ހިމެނޭ ގިނަ ބަޔަކު މި ހަރަކާތުގައި ބައިވެރިވެ ކުޑަ އީދު ފޯރިގަދަގޮތެއްގައި ވަނީ ފާހަގަ ކޮށްފައެވެ.

މުޖުތަމައުގައި ހިންގާ މިފަދަ އުފާވެރި ހަރަކާތްތަކުގައި ބައިވެރިވުމަކީ އުރީދޫ މޯލްޑިވްސް އަށް ލިބޭ ފަހުރެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އަދި ކުރިއަށް އޮތަތާނގައިވެސް ރައްޔިތުންގެ ފަރާތުން ރޭވިގެން އަންނަ ހަރަކާތްތަކުގައި އުރީދޫ މޯލްޑިވްސްއިން ބައިވެރިވާނެ ކަމަށް ވެސް ބުނެއެވެ.