މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ވެރިކަމުގެ ފަހު 06 މަސް ދުވަސް ހޭދަ ކުރީ ދިވެހި ރައްޔިތުންނާއި އަންނަން އޮތް ސަރުކާރަށް ޖެއްސުމަށް، ނަމަކަށް ކަމެއް ކުރުމަށް ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލު ވިދާޅުވެއްޖެއެވެ.
ހަމްދާން މިހެން ވިދާޅުވީ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިން ހަރަކާތެއްގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. ސޯލިހު އެދިވަޑައިގަތީ، ކުރީ ސަރުކާރުން ހިންގި މަޝްރޫއުތައް، ނުވަތަ ރޭވި މަޝްރޫއުތައް މި ސަރުކާރުގެ މަޝްރޫއުތަކަށް ހަދައިގެން ނަމަވެސް ކުރިއަށް ގެންދިޔުމަށެވެ.
”އެއާޕޯޓު ބޭރުގައި ރައީސް ޑރ. މުއިއްޒު އެއާޕޯޓު ޖައްސަވައިގެން ވިޔަސް، މަގުތައް މިހަދަނީ ތިމަންނާއޭ ކިޔާފައި ވިޔަސް ކުރިއަށް ގެންދަވާ އެކަން ނިންމަވާ، ކުރީ ސަރުކާރުން ޕްލޭންކޮށްފައިވާ އަދި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރުގެ މަޝްރޫއުތަކެއްގެ ގޮތަށް ބަދަލުކޮށްގެން ވިޔަސް ކުރިއަށް ގެންގޮސްދެއްވާ.“ ސޯލިހު ވިދާޅުވިއެވެ.
ސޯލިހަށް ދެއްވި ރައްދުގައި ހަމްދާން ވިދާޅުވީ، އެމްޑީޕީން ތަރައްގީގެ ނަމުގައި ފަސް އަހަރު ހޭދަ ކުރީ ވައްކަމާއި ދައުލަތުގެ ހަޒާނާ ގާތް ތިމާގެ މީހުންނަށް ބަހަން ކަމުގައެވެ.
”އެންމެ ފަހު 6 މަސް ދުވަސް ހޭދަ ކުރީ ދިވެހި ރައްޔިތުންނާއި އަންނަން އޮތް ސަރުކާރަށް ޖެއްސުމަށް ނަމަކަށް ކަމެއް ކުރަން. ދިވެހި ރައްޔިތުންނަށް ބޮޑު ތަނުން ސާފު އިބްރާހީމުގެ ވެރިކަމުގައި ހިންގީ ޖަރީމާކަން އަދި ކޮށްފަ ހުރި ވައްކަންތައް ހިސާބުކޮށް ނިމޭއިރު، ދައުލަތަށް ދަރިފަސްކޮޅުގެ މުދާވެސް ނަގާ ހިސާބުގައިކަން ހުރީ.“ އޭނާ ވިދާޅުވިއެވެ.
ތަރައްގީގެ ނަމުގައި 5 އަހަރު ހޭދަ ކުރީ ވައްކަމާއި ދައުލަތުގެ ހަޒާނާ ގާތް ތިމާގެ މީހުންނަށް ބަހަން. އެންމެ ފަހު 6 މަސް ދުވަސް ހޭދަ ކުރީ ދިވެހި ރައްޔިތުންނާއި އަންނަން އޮތް ސަރުކާރަށް ޖެއްސުމަށް ނަމަކަށް ކަމެއް ކުރަން. ދިވެހި ރައްޔިތުންނަށް ބޮޑު ތަނުން ސާފު އިބްރާހީމުގެ… https://t.co/g5HdLlnTdE pic.twitter.com/9iFIl3rp6J
— Hamdhan Shakeel (@HamdhanShakeel) April 13, 2024
މަޝްރޫއުތަކުގެ ނަން ބަދަލު ކޮށްގެން ވިޔަސް، ކުރިއަށް ގެންދަން ސޯލިހު، ރައީީސް މުއިއްޒުގެ ސަރުކާރަށް ގޮވާލެއްވިއިރު، އޭރު އެމްޑީޕީގެ ވެރިކަމުގައި ހިޔާ މަޝްރޫއުގެ ދަށުން ފެށި ފްލެޓްތަކެއްގެ މަސައްކަތް އަލުން ކުރިއަށް ގެންދިޔައީ ”ވިނަރެސް“އަށް ނަން ބަދަލުކޮށްގެންނެވެ.
އަދި އޭރު ޕީޕީއެމްގެ ސަރުކާރުން ޒަމާނީ ބަދަލުތަކާއިއެކު ތަރައްގީ ކުރި ”ރަސްރަނި ބަގީޗާ“ގެ ނަން ސަލްޓަން ޕާކަށް ވެސް ބަދަލު ކުރިއެވެ.
މިހާރު ވެރިކަމުގަ އެމްޑީޕީ ނެތިވެސް 6 މަސް ވަނީ. އަދިވެސް ޖެއްސުންކުރާތަން ފެންންނީ. ދެންވެސް ޖެއްސުން ނުކޮށް ބަރުހެލިވެފަ ނުތިބެ ފެށިފަ ހުރި ޕްރޮޖެކްޓްތައް ނިންމަބަލަ. ނޫނީ އެތަންތަން ތަޅާފަ އާތަންތަން ހަދާގަނެބަލަ