ހއ.ފިއްލަދޫ އާއި ކ.ގުޅީ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެެވެ.

Ads by Asuru

ފިއްލަދޫގައި މަލްޓިޕާޕަސް ހޯލެއް އިމާރާތް ކުރާއިރު ގުޅީގައި އަޅަނީ ހަ ކްލާސްރޫމާއި ހޯލެކެވެ.

ފިއްލަދޫ ސްކޫލުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ނެކްސާ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑަށެވެ. އެއް އަހަރު ދުވަސް ތެރޭގައި ނިންމަންޖެހޭ މި މަސައްކަތުގެ އަގަކީ 13.7 މިލިއަން ރުފިޔާއެވެ.

ގުޅި ސްކޫލުގެ މަސައްކަތް ހަވާލުކުރީ ކޭ އެންޑް އެފް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށެވެ. އެއް އަހަރު ދުވަސް ތެރޭގައި ނިންމަންޖެހޭ މި މަސައްކަތުގެ އަގަކީ 16.6 މިލިއަން ރުފިޔާއެވެ.

މިއީ ސަރުކާރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢުތަކެކެވެ.