އީރާނުން އިޒްރޭލަށް ހަމަލާތަކެއް ދީފައިވާ ކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

Ads by Asuru

ބޭރުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯސް (އައިއާރުޖީސީ)ން ވަނީ އިސްރާއީލަށް އަމާޒުކޮށް ޑްރޯން ހަމަލާތަކެއް ވަނީ ފޮނުވާލާފައެވެ.

މި ހަމަލާތައް އިރާނުން އިޒްރޭލަށް ފޮނުވާލާފައި މިވަނީ ސީރިޔާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް ޔަހޫދީން ދީފައިވާ ހަމަލާއެއްގައި އައިއާރުޖީސީގެ ހަތް މެމްބަރަކު މަރުވުމާ ގުޅިގެންނެވެ.

މިކަން ހިނގިތާ ދެ ހަފްތާ ފަހުން، އީރާނުން ޔަހޫދީންނަށް ދީފައި މި ވަނީ ”އިންޒާރުގެ ހަމަލާ“ތަކެއް ކަމަށް ޚަބަރުތައް ބުނެއެވެ.

މިކަމާ ގުޅިގެން ޔަހޫދީންގެ ތަރުޖަމާނު ޑެނިއެލް ހަގާރީ ވަނީ އީރާނުން ޔޫއޭވީ އިޒްރޭލާ ދިމާއަށް ފޮނުވާފައިވާކަމަށާއި ބަދަލު ހަމަލާތައް ދޭން ވެސް ތައްޔާރު ކަމަށް ބުނެފައެވެ.

އީރާނުން ދިން ހަމަލާތަކާ ގުޅިގެން، އިޒްރޭލުން ވަނީ އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ވެސް ބާއްވައިދޭން އެދިފައެވެ. އެ ބައްދަލުވުން އޮންނާނީ، މިރޭ ރާއްޖެ ގަޑިން 8:00ގައެވެ.

އީރާނުން އިޒްރޭލަށް ހަމަލާ ދިނުމުން ޔޫކޭ އާއި އެމެރިކާ އަދި ސައުދީ ފަދަ ގައުމުތަކުން ވަނީ މިކަމުގެ ސަބަބުން މެދުއިރުމަތީގެ ސުލްހަ އަށް ބުރޫ އަރާފާނެ ކަމަށް ބުނެ، ކަންބޮޑުވުންފާޅުކޮށްފައެވެ.

ަ