ފ. ނިލަންދޫން ދޫކުރާ ގޯތިތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

Ads by Asuru

އެ ރަށު ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ދޫކުރަން ނިންމާފައި ވަނީ 129 ގޯތި ކަމަށެވެ.

އެއީ 2000 އަކަފޫޓުގެ 96 ގޯއްޗާއި 2800 އަކަފޫޓުގެ 33 ގޯއްޗެވެ.

އޭގެ ތެރޭގައި ނިލަންދޫގެ ހުޅަނގު ފަރާތުން ހިއްކާފައިވާ ސަރަހައްދުން ދޫކުރާ 96 ގޯތި ހިމެނެއެވެ.

ދޫކުރާ ގޯތީގެ ތެރޭގައި ނިލަންދޫ ވެލި ގޭގެ ކުރިމަތިން އޮތް ސަރަހައްދުން ދޫކުރާ ފަސް ގޯއްޗާއި އެ ރަށުގެ ހުވަނދު ގޭގެ ކުރިމަތިން އޮތް ސަރަހައްދުން ހަތަރު ގޯތި އަދި ހިމިތި ގޭގެ އަތިރިން އޮތް ސަރަހައްދުން ދޫކުރާ 24 ގޯތި ހިމެނެއެވެ.

އެ ގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 30 ވަނަ ދުވަހާ ހަމައަށެވެ.

އެ ގޯތިތަކަށް ކުުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކު ކަމުގައިވުމާއެކު 18 އަހަރު ފުރި ބަންޑާރަ ގޯއްޗެއް ނުވަތަ ބައެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ބައެއް، ގޯއްޗަށް އެދޭ ފަރާތުގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން ނުވަތަ ލިބިފައި ނެތުން ހިމެނެއެވެ.