އ.އ ބޮޑުފޮޅުދޫގެ އިހުތިސާސްގެ ތެރޭގައި އ.އ ވެލިދޫދިއްގާ ހިމަނައިފިއެވެ.

Ads by Asuru

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ނެރުއްވި ގަރާރެއްގައި ވިދާޅުވީ އަރިއަތޮޅު އުތުރުބުރީ ވެލިދޫދިއްގާ އަކީ އެ އަތޮޅުގެ ބޮޑުފޮޅުދޫގެ ބައެއް ގޮތުގައި ކަނޑައެޅުމަށް އެމަނިކުފާނު ގަސްދުކުރައްވާ ކަމަށެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން 2010 އޮކްޓޫބަރު 14 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ”ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން“ އަށް އިސްލާހު ގެނެސް، ވެލިދޫދިއްގާ އަކީ އެ އަތޮޅުގެ ބޮޑުފޮޅުދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިއްޔެ ވަނީ ފަރުމުލި އާއި ކަނޑިންމާހުރާ، ނ. މާފަރުގެ ބައެއްގެ ގޮތުގައި ވެސް ހަމަޖައްސަވައިފައެވެ.