ރ އަލިފުށީގެ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

Ads by Asuru

އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު ފައްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރުއެވެ.

މި ރަސްމިއްޔާތުގައި އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓ) އަލީ ޒުހައިރު އާއި ކުންފުނީގެ އިސް ބޭފުޅުންގެ އިތުރުން ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އަލިފުށީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ހަތް މަގެއްގެ މަސައްކަތް ކުރެވޭނެއެވެ.

އެއީ ޖުމްލަ 3819.4 މީޓަރެވެ.

މަގުތައް ތަރައްގީ ކުރެވިގެންދާނީ ސްޓޯރމް ވޯޓަރ ނެޓްވޯކާއި ފެން ހިއްކުމަށް ގަޓަރުތައް ހެދުމާއި ފެނާއި ނަރުދަމާ ހިމެނޭހެން ޔުޓިލިޓީ ލައިންތަކަށް ބޭނުންވާ ޖަންކްޝަންތައް ބެހެއްޓުމާއި ތާރު އެޅުމުގެ އިތުރުން މަގު ބައްތި ޖެހުމާއި ސްޕީޑް ބްރޭކަރާއި ރޯޑް ސައިން ބޯޑު ހަރުކުރުން ފަދަ މަސައްކަތް ކުރެވިގެންނެވެ.

ނ.ކެނދިކުޅުދޫގެ މަގުތައް ހެދުމުގެ މަޝްރޫއު ވެސް އިއްޔެ ފަށާފައިވާއިރު، މި މަސައްކަތް ފައްޓަވައިދެއްވީ އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަޑް) އަލީ ޒުހޭރު އާއި، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްގެ ސްޓޭޓް މިނިސްޓަރު މޫސާ ފަތުހީއެވެ.

ކެނދިކުޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ފުރަތަމަ މަރުޙަލާގައި ޖުމްލަ 8 މަގެއްގެ މަސައްކަތް ކުރެވޭނެއެވެ. އެއީ ޖުމްލަ 3668.1 މީޓަރެވެ.