އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން  ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ޣައްޒާ އިމަޖެންސީ ރިލީފް ފަންޑަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފިއެވެ.

Ads by Asuru
މިކަން ހާމަކޮށް އައިއޭސީ އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ސަދަގާތުގެ ގޮތުގައި އެޗްޑީސީން އެއް މިލިއަން ރުފިޔާ އެ ޖަމިއްޔާއާ ހަވާލުކޮށްފައިވާ ކަމަށާއި އެފަދަ ކަންކަމުގައި އެ ކުންފުނިން ދޭ އެއްބާރުލުން ފާހަގަކުރާ ކަމަށެވެ.
އަދި އެޗްޑީސީ އިން ހަވާލުކުރި އެހީގެ ފައިސާ، އޭގެ ހައްގުވެރި ފަރާތްތަކަށް ފޯރުކޮށްދީ ތަފުސީލު އާންމުކުރާނެ ކަމަށްވެސް އައިއެއޭސީ އިން ބުންޏެވެ.

އިޒްރޭލުގެ ޔަހޫދީން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާތައް ދޭން ފެށީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުއެވެ.

 

އޭރު ފެށި ހަމަލާތަކުގައި މިހާތަނަށް 33000 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.