ފުޅާ ދާއިރާއެއްގަ ކުށުގެ އަމަލުތައް ހިންގުމަށް ޖަޒީރާގެ ނަމުގައި ބޭނުންކުރަމުންއައި ޓެލެގްރާމް ޗެނަލްތަކުގެ މައްސަލައިގައި ތުހުމަކުރެވޭ އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

Ads by Asuru

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލާގައި މާޗް މަހުގެ 30 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ހަށިވިއްކުމުގެ ވިޔަފާރި ހިންގުމަށް ބޭނުންކުރަމުންދިޔަ ޓެކްސީގެ ޑްރައިވަރެވެ.

ފުލުހުން ބުނެފައި ވަނީ މި މައްސަލައިގައި ހައްޔަރުކުރީ 60 އަހަރުގެ ފިރިހެނެއްކަމަށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ ހަފަރެއްގެ މަތިން 30 ދުވަހަށް ބަންދުގެ މުއްދަތު އިތުރުކޮށްދީފައިވާކަމަށާއި، މި މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުޅާ ދާއިރާއެއްގަ ކުށުގެ އަމަލުތައް ހިންގުމަށް ޖަޒީރާގެ ނަމުގައި ބޭނުންކުރަމުން ދިޔަ ޓެލެގްރާމް ޗެނަލްތަކުގެ މައްސަލައިގައި 4 ތަނެއް ބަލާފާސްކޮށް މީގެ ކުރިން 28 އަހަރުގެ ފިރިހެނަކާއި، 39 އަހަރުގެ އަންހެނަކު ހައްޔަރު ކުރިއެވެ.