އދ.ދަނގެތި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ފަށަން ތައްޔާރުވެއްޖެއެވެ.

Ads by Asuru

ދަނގެތި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މިއަދު ވަނީ  ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން، 35،500 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި، 69،500 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 33،600 ކިއުބިކް މީޓަރުގެ ނެރު ފުންކުރުން ހިމެނެއެވެ.

އަދި 7،800 ކިއުބިކް މީޓަރުގެ ފަތާ ސަރަޙައްދެއް ފުންކުރުމާއި، 675 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 389 މިޓަރުގެ އެއްގަމު ތޮށި ލުމާއި، 35 މީޓަރު ދިގު 6 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރަށް، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ކޮންކްރީޓް ރޭމްޕެއް އެޅުމާއި، 3،052 އަކަ މީޓަރުގެ ޕޭވްމެންޓް ހެދުމާއި، މަގު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުން ހިމެނެއެވެ.

މި މަޝްރޫއަކީ 71.16 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.