އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވި 4 ‏އަހަރުގެ ޖަލު ހުކުމް ބާތިލު ކޮށްފިއެވެ.

Ads by Asuru

ވ. އާރަށް ކުއްޔަށް ދޫކުރުމާ ގުޅޭ މުއާމަލާތުގެ މައްސަލައިގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ރުފިޔާއިން ޖޫރިމަނާކުރީ، މަނީލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އެ މަނިކުފާނުގެ މައްޗަށް ސާބިތުވުމުންނެވެ.

އެ ހުކުމް އެ މަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކުރީ، މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން ނިންމާލައިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގައެވެ.

އެގޮތުން އެންމެ ފުރަތަމަ ބާތިލްކޮށްފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގައި އެމަނިކުފާނަށް އިއްވާފައިވާ ހަތަރު އަހަރުގެ ޖަލު ހުކުމެވެ. އެ ހުކުމް ބާތިލްކޮށްފައިވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ހިފިކަމުގެ ކުށް ސާބިތުވާކަމަށް ބުނެ ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަމަށް ހައި ކޯޓަށް ފާހަގަވާ ކަމަށް ހައި ކޯޓުގެ ފަނޑިޔާރުން ވަނީ ވިދާޅުވެފައެވެ.

އަދި އެ މައްސަލަ އަލުން ބެލުމަށް ވަނީ އަންގާފައެވެ. އަދި އަލުން އެ މައްސަލަ ބަލާނަމަ ހައި ކޯޓުން ފާހަގަ ކުރި ނުކުތާތަކަށް ރިއާޔަތް ކުރުމަށްވެސް އަމުރުކޮށްފައިވެއެވެ.

ހައި ކޯޓުން ދަށު ކޯޓުގެ ހުކުމް ބާތިލް ކުރުމަށް ހުކުމް ކުރީ ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވި ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.

ހައި ކޯޓުން މި މައްސަލައިގައި ހުކުމްކޮށްފައި މިވަނީ މި މައްސަލައިގެ ޝަރީއަތެއް ނުބާއްވާތާ ފަސް ވަރަކަށް މަސް ފަހުންނެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑު އެހުމެއް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 21 ވަނަ ދުވަހުއެވެ. ހައި ކޯޓުން އެ ދުވަހުވަނީ އެ މައްސަލައިގެ ފަހުބަސް އިއްވާފައެވެ.

(ތަފްސީލު އަންނަނީ…..)