މުސްތަގްބަލްގައި ދިވެހި ރައްޔިތުންގެ ޕާޓީ(ޑީއާރްޕީ) ވަރަށް ހަރަކާތްތެރިކޮށް ފެނިގެންދާނެ ކަމަށް އެޕާޓީގެ ލީޑަރު، އަދި މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ވަނީ ވިދާޅުވެފައެވެ.

Ads by Asuru

އޮންލައިން މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ޖާބިރު ވިދާޅުވެފައިވަނީ ޑީއާރްޕީ އަކީ މީގެ ކުރިން ވަރަށް ގިނަ ހަރަކާތްތަކެއް ބާއްވާފައިވާ ޕާޓީއެއް ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް އެޕާޓީ ހަރަކާތްތެރި ގޮތެއްގައި ރައްޔިތުންނަށް ފެނިގެންދާނެ ކަަމަށެވެ.

އަދި އަޅުގަނޑު އުއްމީދު ކުރަނީ ހުރިހާ ބޭފުޅުންވެސް ޑީއާރްޕީގެ، ދެން ފޯރިގަދަ ޖަލްސާތަކުގައި ބައިވެރިވާނެ ކަމަށް. އެއީ ތަންކޮޅެއް އެންޓަޓެއިންމަންޓާއެއްކޮށް ދާނީ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ. އޭނާ މީގެކުރިން ވިދާޅުވި ގޮތުގައި ޑީއާރްޕީން ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރާނެއެވެ.

ވެރިކަމަށް ކުރިމަތިލުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް. އެއީ ޑީއާރްޕީ ކަހަލަ ޕާޓީއެއް ހަދައިގެން އުޅޭނީ ވެރިކަމަށް ކުރިމަތިލާން.

ޖާބިރު ވަނީ އޭނާއަށް ވެރިކަން ލިބިއްޖެނަމަ، އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުން ކަމުގައިވެސް ވިދާޅުވެފައެވެ.