ހއ. ހޯރަފުށީ މަގުހެދުމުގެ ދެވަނަ ފޭސްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް، އަމަލީ މަސައްކަތް ފަށައިފިއެވެ.
ހޯރަފުށީގައި މިއަދު ބޭއްވޮ މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިސްމާއީލް ހަމީދުއެވެ.
އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު ޒިޔާދުއެވެ.
ައަދި މި ރަސްމިއްޔާތުގައި ހޯރަފުށީ ކައުންސިލް ރައީސް މުހައްމަދު ވަހީދު އާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.