އެމްއެންޑީއެފްގެ އަސްކަރީ ޑްރޯން ބޭނުންކޮށްގެން، ގެއްލުނު މަސް ދޯނި ހޯދައިފިއެވެ.

ރެއިން ފެށިގެން، ޚަބަރެއް ނުވެގެން ހޯދަމުންދިޔަ ”ފަރިހި 2“ ދޯނިހޯދުމަށް އެމްއެންޑީއެފް އެއަރ ކޯރގެ އަސްކަރީ ޔޫއޭވީ އާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރު ބޭނުންކޮށްގެން ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފުން ކުރަމުންދިޔަ މަސަައްކަތުން މިދޯނި ހޯދައިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެެވެ.

”މިދޯނި ފެނިފައިވަނީ މ. ރަތްމަންދޫގެ 23 ނޯޓިކަލް މޭލު ބޭރުން އިންޖީން ހުއްޓިފަައިވަނިކޮށް.“

 

އެމްއެންޑީއެފުން ބުނީ ދޯނީގައި ތިބި ތިން މީހުންގެ ވެސް ހާލު ރަނގަޅު ކަމަށެވެ.

އެ ދޯނި ހޯދުމަށް އެމްއެންޑީއެފުން ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކޮށް މި އޮޕަރޭޝަނުގައި ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ވެސް ބޭނުންކުރިއެވެ.