ފ. ނިލަންދޫ ތަރައްގީގެ ބައެއް މަސައްކަތްތަަކަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ޖުމްހޫރީ ޕާޓީ، ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ނިންމަވައިފިއެވެ.

Ads by Asuru

ގާސިމް ވަނީ ނިލަންދޫއަށް ވަޑައިގެން، އެރަށުގެ އަންހެނުންގެ ތަަރަައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވާފައެވެ.

މިބައްދަލުވުމުގައި ނިލަންދޫ ކައުންސިލް ރައީސް އަލީ އަހުމަދު އާއި ޑަބްލިއުޑީސީގެ ރައީސް ނަސީބާ އަލީ ބައިވެރިވެ ވަޑައިގެންނެވިއެވެ. ބައްދަލުވުމުގައި ޤާސިމް ފ. ނިލަންދޫގެ އަންހެނުން ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތާއި ރަށުގައި ހިނގަމުންދާ އެކިއެކި ތަރައްޤީގެ މަސައްކަތްތައް އޮޅުންފިލުއްވާފައިވާ ކަމަށް ޖޭޕީން މައުލޫމާތުދެއެވެ.

މިބައްދަލުވުމުގައި ރަށުގެ ތަރައްޤީގެ ބައެއް މަސައްކަތްތަަކަށް އެހީތެރިވެދެއްވަވަން ޤާސިމް ނިންމަވާފައިވާކަމަށް ޖޭޕީން މައުލޫމާތުދެއެވެ.

މިގޮތުން ރަށުގެ މޫދަށް އެރޭ ސަރަހައްދު ތަރައްޤީ ކޮށްދެއްވުމަށް އެހީތެރިވުމާއި ވޮލީކޯޓެއް ތަރައްޤީ ކޮށްދެއްވުމާއި އަދި މިނޫންވެސް މިފަދަބައެއް މަސައްކަތްތައް ހިމެނޭ ކަމަށް މައުލޫމާތުދެއެވެ.