މ. ދިއްގަރު އަދި ތ. ގާދިއްފުށި ލޯކަލް ކައުންސިލް ބައި-އިލެކްޝަންގެ ވޯޓުލުން ފެށިގެން އެބަ ކުރިއަށް ދެއެވެ.

Ads by Asuru

މި ދެ ބައި-އިލެކްޝަނުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00ގައެވެ. އަދި އިރުއޮއްސި ހައެއް ޖަހަންދެން ވޯޓުލުން ކުރިއަށް ދާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މި ބައި-އިލެކްޝަންތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 1537 މީހުންގެ ތެރެއިން، މެންދުރު އެކެއް ޖެހުމާ ހަމައަށް 717 މީހުން ވޯޓުލީ ކަމަށެވެ. އަދި އެހާތަނަށް 53.35 އިންސައްތަ މީހުން ވޯޓު ނުލާ ކަމަށެވެ.

ދިއްގަރުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ވޯޓުލެވެނީ 733 މީހުންނަށެވެ. ތ. ގާދިއްފުށީގައި ބަހައްޓާފައިވާ ވޯޓޫ ފޮއްޓަށް ވޯޓު ލެވެނީ 218 މީހުންނަށެވެ. އަދި މި ދެރަށު ރައްޔިތުން ވޯޓު ލުމަށް މާލޭގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ވޯޓުލެވެނީ 586 މީހުންނަށެވެ.

ދިއްގަރު ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރަނީ ދެ ކެނޑިޑޭޓުންނެވެ. އެއީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ އަބްދުﷲ އާރިފް، އާނިރު، މ.ދިއްގަރު އަދި ޕީޕީއެމް ޓިކެޓްގައި ވާދަކުރާ އަބްދުލްހަންނާން އަހުމަދު، އަސްމަހި، ކ.މާލެއެވެ.

ގާދިއްފުށި ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރަނީ ތިން ކެނޑިޑޭޓުންނެވެ. އެއީ ޕީޕީއެމް ޓިކެޓްގައި ވާދަކުރާ ޙައްވާ އަބްދުލްހާދީ، ރަނަރުވާލި، ތ.ގާދިއްފުށި، އެމްޑީޕީ ޓިކެޓްގައި ވާދަކުރާ ޒުލައިޚާ އަހުމަދު، ސިޕްރާ، ތ.ގާދިއްފުށި އަދި އެމްއާރްއެމް ޓިކެޓްގައި ވާދަކުރާ ފާޠިމަތު މަލްދާ، ދަފްތަރު ނަންބަރު ދރ 2899، މާލެއެވެ.