ހުސް ގޮނޑިއާއި ފޮޓޯ ވެސް ނުލައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެ ހޯއްދެވީ ބޮޑު ކާމިޔާބީއެއް ކަމަށް ޔޫތު މިނިސްޓްރީގެ ނައިބު ވަޒީރު، މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

Ads by Asuru

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު، ރައީސް މުއިއްޒު ކާމިޔާބު ކުރެއްވީ އޭރުގެ އިދިކޮޅު ލީޑަރު، ރައީީސް ޔާމީން އަބްދުލްގައްޔޫމްގެ ފޮޓޯ ދައްކައިގެން ކަމަށް ރައީސް ޔާމީންގެ ސަޕޯޓަރުން ބުނަމުން ދިޔައެވެ. 20 ވަނަ މަޖިލީހުގެ އިންތިހާބުގެ ސުޕަރ މެޖޯރިޓީއާ ގާތަށް ސަރުކާރުން ޖެހިލިއިރު، އެކްސްގައި ޝިއުނާ ވިދާޅުވީ، ހުސް ގޮނޑި އާއި ”ފޮޓޯގަނޑު“ ވެސް ނުލައި ރައީސް މުއިއްޒު އެ ހޯއްދެވޮ ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ދެން ކިޔާނެ އެއްޗަކާމެދު ސުވާލު ކުރެއްވިއެވެ.

މިހާރު އިއުލާނުކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ސަރުކާރުން ވަނީ މުޅި ރާއްޖޭގެ 70 އަށްވުރެ ގިނަ ގޮނޑި މިހާތަނަށް ކާމިޔާބުކޮށްފައެވެ.

އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކާމިޔާބު ކޮށްފައިވާ ގޮނޑިތައްވެސް ކާމިޔާބުވެފައި ވަނީ ވަރަށް ކުޑަ ފަރަގަކުން ކަން ފާހަގަކޮށްލެވެއެވެ.

މަޖިލީހުގެ މެޖޯރިޓީއަކީ 47 ގޮނޑިއަށްވާއިރު ސުޕަރ މެޖޯރިޓީއަކީ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބަޔަށްވާ 70 ގޮނޑިއެވެ. މިފަހަރުގެ މަޖިލީހުގައި ހިމެނެނީ ޖުމްލަ 93 ގޮނޑިއެވެ.

މަޖިލިސް ކެމްޕެއިނުގައި ރައީސް މުއިއްޒު ނުހަނު ބުރަކޮށް މަސައްކަތް ކުރައްވާފައިވާއިރު އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން އައީ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނައުމަށްޓަކައި ހަލުވި ދުވެލީގައި މަޝްރޫއުތައް ކުރިއަށްގެންދެވޭނީ ސަރުކާރަށް އެއްބާރުލުންދޭނެ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބުކޮށްގެން ކަމަށެވެ.