މިދިޔަ ސަރުކާރުގައި އެމްޑީޕީ އާއިއެކު ކޯލިޝަން ހެދި، އަދާލަތު ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެންމެ ގޮނޑިއެއް ވެސް ލިބޭ ގޮތެ ނުވެ، ނާކާމިޔާބު ވެއްޖެއެވެ.

Ads by Asuru

ވައިކަރަދޫ ދާއިރާއަށް ހުސެއިން ސަގީފް އާއި މަކުނުދޫ ދާއިރާއަށް އަދާލަތުގެ ރައީސް އިމްރާން އަދި ފުނަދޫ ދާއިރާއަށް އިސްމާއިލް ހަމީދާއި އިނގުރައިދޫ ދާއިރާއަށް އިސްމާއިލް އަލީ ވާދަ ކުރެއްވީ އަދާލަތުގެ ފަރާތުންނެވެ.

ނަމަވެސް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، އަދާލަތަށް އެންމެ ގޮނޑިއެއް ވެސް ނުލިބެއެވެ. އެ ޕާޓީން އެކި ސަރުކާރުތަކާއިއެކު ކޯލިޝަން ހަދައިގެން، އިސް މަގާމުތައް ފުރިޔަސް، ބޮޑެތި އިންތިހާބުތަކުގައި ޕާޓީއަށް ތަރުހީބު ވަރަށް ކުޑައެވެ.

2018 ވަނަ އަހަރު މަކުނުދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އަނާރާ ނައީމް ހުންނެވީ އަދާލަތުގެ މެމްބަރެއްގެ ގޮތުގައެވެ. މިފަހަރު އަނާރާ ހުރާ ދާއިރާގެ ގޮނޑި ހޯއްދެވީ އަމިއްލަ ގޮތުން ވާދަ ކުރައްވައިގެންނެވެ.