ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރަށް، މި ފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެއެވެ.

Ads by Asuru

ކާށިދޫ ދާއިރާއަށް ޖުމްލަ ހަ ކެންޑިޑޭޓުން ވާދަކުރެއްވިއިރު، ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޅ.ހިންނަވަރަށް ނިސްބަތްވާ މުންތަޒިމް އިބްރާހީމްއެވެ.

އޭނާ ވާދަ ކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައެވެ.

ކުރިން ބެލެވިފައި އޮތީ، ޖާބިރު އިންތިހާބުގައި ކާމިޔާބު ހޯއްދަވާނެ ކަމަށެވެ.

އެހެންނަމަވެސް، ހައިރާން ކުރުވަނިވި ނަތީޖާއަކުން ކުރި ހޯދީ، ޕީއެންސީގެ ކެންޑިޑޭޓެވެ.