އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުވައްމުލައް ދާއިރާތަކުގެ ތިން ގޮނޑި ވެސް ސަރުކާރުގެ މައި ޕާޓީ ޕީޕަސްލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ކާމިޔާބުކޮށްފިއެވެ.

Ads by Asuru

މިގޮތުން ފުވައްމުލަކު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ ހަމަދުއެވެ. އަދި ފުވައްމުލަކު މެދު ދައިރާގެ ގޮނޑި އަލީ ފަޒާދު ކާމިޔާބު ކުރެއްވިއިރު، ދެކުނު ގޮނޑި ކާމިޔާބު ކުރެއްވީ އިބްރާހިމް ހުސެއިނެވެ.

އިބްރާހިމް ހުސެއިން ގޮނޑި ކާމިޔާބު ކުރީ، ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ އަނބިކަބަލުން ނަޒްރާ ނަސީމާއި ވާދަކޮށެވެ. އަދި މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރި ފަޒާދަކީ 18 ވަނަ މަޖިލީހުގައި އެ ދާއިރާ ތަމްސީލު ކުރި މެމްބަރެވެ.

ފުވައްމުލަކު އުތުރު ދާއިރާއަށް އެމްޑީޕީން އެއްވެސް ކެންޑިޑޭޓަކު ނެރެފައެއް ނުވެއެވެ.

މި އިންތިހާބުގައި ޕީއެންސީއަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ދީފައެވެ.