ދިވެހިރާއްޖޭގެ ޒުވާން އާބާދީގެ ބޮޑުބައި ހިއްސާ ކުރަނީ ބިދޭސީ ޒުވާނުންކަން ތަފާސް ހިސާބުން ހާމަވެއްޖެއެވެ.

Ads by Asuru

މި ސްޓެޓިސްޓިކްސް ހާމަކުރީ، ނެޝެނަލް ބިއުރޯ އޮފް ސްޓެޓިކްސްޓިކްސްގެ ފަރާތުންނެވެ. ތަފާސްހިސާބަށް ބަލާއިރު މިއަހަރު ނިމޭއިރު ރާއްޖޭގައި 579،330 މީހުން ދިރިއުޅެއެވެ.

ރާއްޖޭގައި ދިރިއުޅޭ އާބާދީގެ ތެރެއިން 45 ޕަސަންޓަކީ ޒުވާނުންނެވެ. ޒުވާނުންގެ އާބާދީގައި ދިވެހި ޒުވާނުންގެ އިންސައްތަ އަކީ 47 އިންސައްތަ އެވެ. ބިދޭސީ ޒުވާނުންގެ އިންސައްތަ އަކީ 53 އިންސައްތައެވެ.

ރާއްޖޭގައި ދިރިއުޅޭ ޒުވާނުންގެ އާބާދީ ކަމުގައި ބަލާ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދު އުމުރުފުރާގައި 258،923 މީހުން ރާއްޖޭގައި ދިރިއުޅެއެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރޭގައިވެސް ގިނައީ ޒުވާނުންނެވެ. ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ގިނަ ބަޔަކު މަސައްކަތް ކުރަނީ އިމާރާތް ކުރުމުގެ ދާއިރާގައެވެ.