ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަ ކުރަން މިރޭ ހާއްސަ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

Ads by Asuru

ޕީޕީއެމް/ޕީއެންސީން ބުނީ،ވދިވެހި ރައްޔިތުންނަށް މަރުހަބާއާ ޝުކުރު ދެންނެވުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބާއްވާ ހާއްސް ޖަލްސާ މިރޭ 8:30ގައި އާޓިފިޝަލް ބީޗު ސަރަހައްދުގައި އޮންނާނެ ކަމަށެވެ. މި ހަރަކާތުގައި ހަވާ އެރުވުން ވެސް އޮންނާނެއެވެ.

”މި ޖަލްސާއަށް ދިވެހި ލޮބުވެތި ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވަން.“

ޕީއެންސީއަށް މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން 70 އަށް ވުރެ ގިނަ ގޮނޑި ލިބިފައިވާއިރު އެމްޑީޕީއަށް ލިބޭނެ ކަމަށް ބެލެވެނީ 10 ވަރަކަށް ގޮނޑިއެވެ.

ޕީއެންސީ އަށް ލިބުނު ކާމިޔާބު ފާހަގަކުރަން ”މަރުހަބާ – ދިވެހީންގެ ރާއްޖެ މަޖިލީހަށް“ ނަމުގައި ބާއްވާ ހަރަކާތް އޮންނާނީ މިރޭ 08:30 ގައި އާޓިފިޝަލް ބީޗުގައެވެ.

މި ހަރަކާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީގެ ލީޑަޝިޕާއި އަދި މަޖިލީހަށް އިންތިހާބުވި ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މަޖިލިސް އިންތިހާބުގައި ޕީއެންސީން ވަނީ ރާއްޖޭގެ ހުރިހާ ސިޓީތަކެއްގެ މެޖޯރިޓީ ހޯދާފައެވެ. އޭގެތެރޭގައި އެމްޑީޕީން މީގެކުރިން ރަސްކަމުން ކުރަމުން އައި މާލެ އާއި އައްޑޫ ސިޓީ ފާހަގަކޮށްލެވެ އެވެ.