ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީން ހޯދި ކާމިޔާބީއާއި ގުޅިގެން، ކުރީގެ ރައީސް ނަޝީދު މުހައްމަދު ނަޝީދު، ރައީީސް ޑރ.މުހައްމަދު މުއިއްޒަށާއި ޕީއެންސީގެ މެމްބަރުންނަށް ދަންނަވައިފިއެވެ.

Ads by Asuru

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ވިހި ވަނަ މަޖިލިސް އިންތިހާބުގައި ޕީއެންސީ ހޯދި ކާމިޔާބީއަށް،ޕާޓީގެ މެންބަރުންނާއި،ރައީސް ޑރ.މުއިއްޒު އަދި ޕާޓިގެ އިސްވެރިންނަށް މަރުހަބާ ދަންނަވާ ކަމަށެވެ.

އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގައި ޕީއެންސީން 73 ގޮނޑި ކާމިޔާބު ކުރިއެވެ. ރައީސް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސް އިން 39 ދާއިރާއަކަށް ވާދަ ކުރެއްވިއިރު، އެ ޕާޓީއަށް އެންމެ ގޮނޑިއެއްވެސް ކާމިޔާބެއް ނުވެއެވެ.

ޕީއެންސީން މި ހޯދި ތާރީހީ މޮޅު، ފާހަގަ ކުރުމަށް މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހާއްސަ ޖަލްސާއެއް ބާއްވަން ވަނީ ނިންމާފައެވެ. މި ހަރަކާތުގައި ހަވާ އެރުވުން ވެސް އޮންނާނެއެވެ.