ތ. ގާދިއްފުށި ކައުންސިލަށާއި މ. ދިއްގަރު ކައުންސިލަށް މެމްބަރަކު އިންތިހާބުކުރަން ބޭއްވި ބައި އިލެކްޝަން، ވެރިކަންކުރާ މައިޕާޓީ އެމްޑީޕީން ކާމިޔާބުކޮށް، އިދިކޮޅު ޕީޕީއެމް ބަލި ކޮށްފިއެވެ.

Ads by Asuru

މިގޮތުން ގާދިއްފުށީ ކައުންސިލްގެ އަންހެން މެމްބަރަކު ހޮވުމަށް ބޭއްވި ބައި އިލެކްޝަން ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް ޒުލޭހާ އަހުމަދެވެ.

އޭނާއަށް ލިބިފައިވަނީ 210 ވޯޓުންނެވެ. އިދިކޮޅު ޕީޕީއެމުން ވާދަކުރި ކެނޑިޑޭޓް، ހައްވާ އަބްދުލްހާދީ އަށް ލިބުނީ 201 ވޯޓެވެ. އެމްއާރްއެމުން ވާދަކުރި ފާތިމަތު މަލްދާއަށް ލިބުނީ އެންމެ ހަތަރު ވޯޓެވެ.

ދިއްގަރުގެ ބައި އިލެކްޝަންގެ ވަގުތީ ނަތީއްޖާ ދައްކާ ގޮތުން އެމްޑީޕީގެ ކެންޑިޑޭޓް، އާރިފް އިންތިބާހު ކާމިޔާބުކުރީ 375 ވޯޓުންނެވެ. އޭނާއާ ވާދަކުރި ޕީޕިއެމްގެ ކެނޑިޑޭޓް އަބްދުލްހަންނާނުއަށް ލިބުނީ 325 ވޯޓެވެ.