މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ބުލެޓްތަކެއް ފޮރުވައިގެން އުޅުނު މީހެއްގެ ހާލު ގޯސްވެ އައިޖީއެޗުގައި ފަރުވާ ދޭން ފަށައިފިއެވެ.

Ads by Asuru

އެ މީހާއަށް ފަރުވާ ދެމުން އަންނަނީ، އައިޖީއެމްއެޗުގެ އައިސީޔޫގައެވެ.

ފުލުހުން ބުނީ އެއީ މާލެ ތެރެ ޕެޓްރޯލް ކުރަން ނުކުމެ އުޅުނު ފުލުހުންނަށް ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއް ކަމަށެވެ. އޭނާގެ ވަނަވަރު ހާމަ ނުކޮށް ފުލުހުން ބުނީ އެއީ ދިވެހި ފިރިހެނެއް ކަމަށެވެ.

މިއީ ފުލުހުން ބަލަމުން އަންނަ މައްސަލައަކަށްވާތީ، އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.