ލިވާތު ކުރުމާ ގުޅޭގޮތުން އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް(އިބްރާ) ދެއްކެވި ވާހަކަ ނޫސްވެރިން ޝާއިއު ކުރުމުން އޭނާ ކޯފާ ވެއްޖެއެވެ.
އިސްލާމްދީނުގައި ބޮޑެތި ފާފަތައް ކަމުގައިވާ ޒިނޭ އާއި ލިވާތު ކުރުމަކީ ލުއި ކަމެއް ކަމަށް ދޭހަވާ ފަދަ މޭރުމަކުން އިބްރާ އިއްޔެ ޓްވީޓު ކުރެއްވިއެވެ.
އިބްރާ މިފަދަ މޭރުކަމުން ވާހަކަ ދައްކަވާފައިވަނީ މިވަނީ ޔޯގާ މައްސަލައިގައި ހައްޔަރު ކުރި މީހުން ބަންދުގައި ތިބިއިރު، ލިވާތު ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ތިން މީހުން ދޫކޮށްލުމުން، ލޯޔަރު މުހައްމަދު ޝަހީދު، ޓްވިޓަރގައި އެކަމުގެ ކަންބޮޑުވުންފާޅު ކުރެއްވުމުންނެވެ.
ޝަހީދަށް ރައްދު ދެއްވައި، އިބްރާ ކުރެއްވި ޓްވީޓެއްްގައި ވިދާޅުވީ ޒިނޭ ނުވަތަ ލިވާތު ކުރުމަކީ ދެމީހަކު ނުވަތަ ބަޔަކު އެކަހެރި ވެގެން ކުރާ ކަމެއް ކަމަށެވެ. އެކަމުގެ ސަބަބުން އެހެން މީހެއްގެ ފުރާނައަށް، ޖިސްމަށް އަދި މުދަލަށްވެސް ގެއްލުމެއް ނެތް ކަމަށާއި، އެހެން މީހެއްގެ މިނިވަންކަމަށްވެސް ހުރަހެއް ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ އެކަމަށް ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތް ނިމުމުން، ހުކުމެއް ނާންނަހާ ހިނދަކު ބަންދުކޮށްފައި ނުބޭތިއްބޭނެ ކަމަށެވެ.
Ziney aa Livaath kurumakee kusheh. Ekushakee dhemeehaku, nuvatha eah vure ginameehun ruhumugai, ekaheri vegen thibe kuri kameh. Ekamun ehen meehegge furaana ah, jismah, mudhalah nurakkaleh neiy. Ehen meehegge minivan kamah huraheh neylhey.
Ekamah thuhumathu kuruvey meehunge…. https://t.co/x7PBgA36Bc
— Maverick Ibra (@ibramandhu) August 12, 2022
އިބްރާގެ މިވާހަކަ ގިނަ ނޫސްތަކުން ޝާއިއު ކުރިއެވެ. އަދި އޭނާގެ ވާހަކަ ގިނަ ބައެއްގެ ސަމާލުކަމަށް އައިސް، ނުހަނު ފާޑުކިޔުންތައްވެސް އަމާޒުވިއެވެ.
އިބްރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޫސްވެރިންގެ މިނިވަންކަން ވެގެން މިދަނީ، އެހެން މީހުންގެ މިނިވަންކަމަށް އޮތް ހުރަހަކަށް ކަަމަށެވެ.
ނޫސްތަކުން ބުނާ ކަހަލަ، އެއްވެސް އެއްޗެއް ނުބުނައްޗޭ، ބުނެފިއްޔާ، އޮޅުވާލައިގެން ސުރުހީ ހަދާނަމޭ.
Noosveringe minivankan mihaaru vegen midhanee ehen meehunge minivankamah oiy hurahakah.
Noos thakun bunaakahala: evves echcheh nubunachey, bunefiyyaa olhuvaalaigen surukhee hadhaanamey.@mmc_mv minoon gotheh neiytho?
— Maverick Ibra (@ibramandhu) August 13, 2022
އޭނާ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް ޓެގްކުރައްވައި، މި ނޫން ގޮތެއް ނެތްތޯވެސް އައްސަވާފައެވެ.
މީހެއގެ މުދަލަށް ފުރާނައަށް ގެންލުމެއް ނުވާނަމަ، ފާޅުގައި އެކަން ކުރުން ވެސް ހުއްދަވާންވާނެއެއްނު. އިބުރާއައް އިސްލާމީ ޝަރީއަތް އޮންނަ ކަމަކަށް ގަބޫލު ނުކުރެވޭ.