އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް ޕްލެޓްފޯމް އެމްފައިސާ ބޭނުންކޮށްގެން އައިފޯން 15 ޕްރޯ މެކްސް ލިބޭ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފިއެވެ.

Ads by Asuru

އުރީދޫން ބުނީ، އުރީދޫ އެމް-ފައިސާ އިން ކުރިއަށް ގެންދާ ޕްރޮމޯޝަން ”އެމް-ފައިސާ އެންޑް ވިން“ ގެ މުއްދަތު މި އަހަރުގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ.

އެ ޕްރޮމޯޝަނާ އެކު އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ކޮންމެ ދެ މަހަކުން އައިފޯން 15 ޕްރޯ މެކްސް ކާމިޔާބު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އޭގެތެރޭގައި ޔޫޓިލިޓީ ބިލް ދެއްކުމާއި މާޗަންޓް ޓްރާންސެކްޝަންތަކަށް ކޮންމެ މަހަކު 1،500 ރުފިޔާ އާއި އެއަށް ވުރެ ގިނަ ރުފިޔާ، އެމް-ފައިސާ މެދުވެރިކޮށް މުއާމަލާތްކުރާ ކަސްޓަމަރުން އޮޓަމެޓިކުން ލަކީ ޑްރޯގައި ހިމެނިގެންދާނެއެވެ.

ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް ފަދަ ބިލްތަކަށް އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ފައިސާ ދެއްކެއެވެ. ޔޫޓިލިޓީ ބިލް ދެއްކުމުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ގިނަ އަދި މަގުބޫލު ކެފޭ، ރެސްޓޯރެންޓް އަދި ފިހާރަތަކުން ވެސް ކަސްޓަމަރުންނަށް އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާ އެކު ބިލަށް ފައިސާ ދެއްކޭނެއެވެ.

އުރީދޫ އެމް-ފައިސާ އަށް ރެޖިސްޓާ ވާން ބޭނުންވާ ފަރާތްތަކަށް އުރީދޫ އެޕް މެދުވެރިކޮށް ރެޖިސްޓާ ވެވޭނެ ކަމަށްވެސް އުރީދޫން ބުންޏެވެ.