ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން މިއަދު ހާއްސަ އޮޕަރޭޝަނެއް ކ.ހިންމަފުށީގައި ފަށައިފިއެވެ.

Ads by Asuru

މިނިސްޓްރީ އޮފް ހޯމްލޭންޑް އެންޑް ސެކިއުރިޓީ އާއި އިމިގްރޭޝަން ގުޅިގެން ހިންގާ މި އޮޕަރޭޝަން ފައްޓަވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާންއެވެ.

”އޮޕަރޭޝަން ކުރަނގި“ ގެ ނަމުގައި ހިންގާ މި ހާއްސަ އޮޕަރޭޝަން އަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގައުމީ ހަރަކާތުގެ ދަށުން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.
މި އޮޕްރޭޝަނުގައި ބިދޭސީންގެ ފިންގަ ޕްރިންޓް ނެގުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހުރިހާ ބިދޭސީންގެ ފިންގަ ޕްރިންޓް ނެގުމުން އިނގިލި ޖައްސާ އެއީ ކާކުތޯ ދެނެގަނެވޭނެއެވެ. އަދި ހަމައެހެންމެ ރަށްރަށުގައި އުޅޭ ބިދޭސީންގެ ތެރެއިން ފުރައިގެން ދަނީ ކޮން ބައެއްތޯ އަދި އަނބުރާ އަންނަނީ ކޮންބައެއްތޯ ވެސް ދެނެގަނެވޭނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.