ސޯޝަލް މީޑިއާގައި ލާދީނީ ވާހަކަތަކެއް ދައްކަމުން އަންނަ މީހެއްގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަލަން ފަށައިފިއެވެ.

Ads by Asuru

މައުލޫމާތު ލިބޭ ގޮތުގައި، ފުލުހުން ބަލަމުންދަނީ، ލާދީނީ ވާހަކަތައް ދައްކަމުންދާ ފިރިހެނެއްގެ މައްސަލައެވެ.

އޭނާގެ ފޭސްބުކް ސްޓޯރީ އާއި ފޭސްބުކް ޕޯސްޓްތަކުގައި އެފަދަ ވާހަކަތަކެއް ދައްކާފައިވެއެވެ.

މީހަކު ވަނީ އެލްސްގައި އެ ވާހަކަތައް ހިއްސާ ކޮށްފައެވެ. މިކަމާ ގުޅިގެން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ، އެ މީސް މީޑިއާގެ އެކައުންޓް ބޭނުން ކުރަމުންދާ މީހާ އާއި އޭނާގެ ކޮންޓެންޓްތަކާއި ގުޅޭގޮތުން ސީރިއަސް ތަހުގީގެއް ފުލުހުން ކުރަމުންދާ ކަމަށެވެ.