ކުރުނބާ ބުއިމަކީ ތިބާގެ ސިއްހަތަށް ވަރަށް ފައިދާ ލިއްބައިދޭނެ ކަމެކެވެ. އަހަރުމެން ދިވެހީންނަކީ ފަސޭހައިން ކުރުނބާ ލިބޭނެ ބަޔަކަށް ވާއިރު، މި ފައިދާ ހުރި ބުއިން، ނުބޮއެ ދޫކޮށްލާނެ ކަމެއް ނެތެވެ.

Ads by Asuru

ކިޑްނީ ބަލިތައް އަހަރުމެންގެ ތެރޭގައި މިހާރު ވަރަށް ބޮޑަށް އިތުރުވަމުން އަންނައިރު، ކުރުނބާ އަކީ ކިޑްނީގެ ބަލިތަކަށް ފަރުވާ ލިބިގަތުމަށް އެހީވެދޭ ބުއިމެއްކަން އެނގޭހެއްޔެވެ؟

އާންމުކޮށް ކިޑްނީގެ މައްސަލަތައް ދިމާވަނީ ކުޑަކަމުދިއުމަށް ދަތިވުމުން ނުވަތަ ކުޑަކަމުދެވޭ މިންވަރު މަދުވުމުންނެވެ. އެއީ ކުޑަކަމު ދިއުން މަދުވާ ނަމަ ކިޑްނީއަށް ބާރުބޮޑުވާތީއެވެ.

ސިއްހީ އެކި ލިޔުންތަކުގައިވާ ގޮތުގައި، ކުރުނބާ ފެން ގިނައިން ބޯނަމަ މީހާގެ ކުޑަކަމުދާ ނިޒާމުގެ މައްސަލަތައް ހައްލުކޮށްދީ ކިޑްނީއަށް ދިމާވެދާނެ ނުރައްކާތަކުން ސަލާމަތްކޮށްދޭނެއެވެ.

ހަމުގެ މައްސަލަތަކަކީވެސް އަހަރުމެންނަށް ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. އާންމުކޮށް ހަމަށް ދިމާވާ މައްސަލަތައް، މިސާލަކަށް ބިހިނެގުން ފަދަ ކަންކަން ދިމާވަނީ ހަށިގަނޑުގައި އުފެދޭ ތެޔޮކަމެއްގެ ސަބަބުންނެވެ.

މިމައްސަލަ އެންމެ ބޮޑަށް ދިމާވަނީ މޫނަށެވެ. ކުރުނބާ ފެނުގެ ސަބަބުން ގައިގެ ޖަރާސީމުތައް ނައްތާލައި އެގޮތައް އުފެދޭ ތެޔޮތަކުގެ ނުރައްކާ ކުޑަކޮށްދެއެވެ.