ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

Ads by Asuru

އެ މިނިސްޓްރީން މި ފުރުސަތު، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ދީފައެވެ. މިއީ މި އަހަރުގެ ތެރޭގައި، އުމްރާގެ އަޅުކަމަށް ގެންދަން ޕްރޮޕޯސަލް ހުށަހަޅަން ދިން ފުރަތަމަ ފުރުސަތެވެ.

މިކަމާ ގުޅޭ ޕްރޮޕޯސަލް ހުށަހެޅޭނީ ”ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލު“ ގައިވާ ޝަރުތު ފުރިހަމަވާ ކުންފުނިތަކަށެވެ.

އަދި އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ޕްރޮޕޯސަލް ފޮތް އެ ވުޒާގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ޕްރޮޕޯސަލް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދޫކުރާނީ 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް އެކަންޏެވެ.