ދައުލަތުގެ ހަރަދުގައި މި އަހަރު 50 ފަގީރުން ހައްޖަށް ފޮނުވާ ގޮތަށް ހަމަޖެހިއްޖެއެވެ.

Ads by Asuru

ަމިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ފަގީރުންގެ ހައްޖަށް ފޮނުވަކީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް އިސްކަން ދެއްވާ ކަމެއް ކަމަށާއި، އެކަން ހާސިލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މި އަހަރު 50 ފަގީރުން ހައްޖަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި އެ 50 މީހުންނާ މުއާމަލާތު ކުރެވި އެމީހުން ދަތުރަށް ތައްޔާރު ކުރުމުގެ ކަންކަން ކުރެވެމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެ މީހުން އިހްތިޔާރުކޮށްފައި ވަނީ ކެބިނެޓުގެ ނިންމުމާ އެއްގޮތަށް ގުރުއަތު ލައިގެން ކަމަށް ވިދާޅުވެ، އެކަމުގައި އެއްވެސް ނުފޫޒެއް ނެތް ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ 50 މީހުން ގެންދަން ނިންމާފައި ވަނީ ކޯޓާގެ އަދަދަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ. އަދި އަންނަ އަހަރު ހައްޖަށް ފޮނުވޭ މީހުންގެ އަދަދު މިއަށްވުރެ އިތުރު ވެދާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މި ވެރިކަމުގެ ފަސް އަހަރު ތެރޭގައި 1،000 މީހުން ހައްޖަށް ފޮނުވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.