ފުލުހުން ބަލަމުން އަންނަ މަސްތުވާތަކެތީގެ މައްސަލައެއްގައި ތަހުގީގަށް ހޯދަން ބޭނުންވާ ހަތަރު މީހެއްގެ ވަނަވަރު އާންމު ކޮށްފިއެވެ.

Ads by Asuru

ފުލުހުން ބުނީ، ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ، މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތަހުގީގަށް ހަތަރު މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

އެގޮތުން ހޯދަމުން އަންނަނީ އާއިމިނަތު ޝީޒާ އަލީ، ހުޅުމާލޭ ފެއަރވިލެޖް- ގޯތި ނަންބަރު 11168، 33 އަހަރު، ހަސަން ނަބީލް، ގއ. ކަނޑުހުޅުދޫ/ފެހިއައްސޭރި، 42 އަހަރު، އީސާ އިބްރާހީމްފުޅު، ތ. ތިމަރަފުށި/ބަނަފުސާގެ، 46 އަހަރު، ޔޫސުފް މުހައްމަދު ޒަައީމް، ކ. މާލެ/ހ. ދިޔަދޫ، 31 އަހަރެވެ.

ފުލުހުން ބުނީ އެ މީހުން ހާޒިރު ކުރަނީ މައްސަލައިގެ ތަހުގީގަށް ސުވާލު ކުރުމަށް ކަމަށެވެ.

އެހެންކަމުން އެމީހުން މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 14:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ނުވަތަ އެންމެ ކައިރީގައިވާ ފުލުހުންގެ އިދާރާއަކަށް ހާޒިރު ވުމަށް ފުލުހުން ވަނީ އަންގާފައެވެ.