ފާއިތުވި ސައުވީސް ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ އދ.މާމިގިއްޔަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

Ads by Asuru

މެޓުން އިއްޔެ ވަނީ އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވާރޭވެހިފައިވާ އަދަދުތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.

މި ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި، މާމިގިލިއަށް 103 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ދެން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ތަފާސް ހިސާބުތަކުން ދައްކަނީ އައްޑޫ ހިތަދޫއަށެވެ. ތިން ވަނައަށް އެންމެ ބޯކޮށް ވާރޭ ވެހުނީ އައްޑޫ ސިޓީގެ ގަމަށެވެ.

ފާއިތުވެދިޔަ 24 ގަޑިއިރު ބޯކޮށް ވާރޭ ވެހުނު ސަރަހައްދުތަކަކީ ގޮއިދޫ އާއި އއ. ތޮއްޑޫ އާއި އދ.މާމިގިއްޔާއި މ.މުއްޔާއި އައްޑޫ ހިތަދޫ އާއި އައްޑޫ ގަމެވެ.