ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސައުދީ އަރަބިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަދީނާއަށް ވަޑައިގެންފިއެވެ.

Ads by Asuru

ރައީސް މުއިއްޒު އާއި އަނބިކަނބަލުން ސައުދީއަށް ދަތުރުފުޅު ކުރައްވަނީ އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ މެހެމާންދާރީގައެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައިރިވެޑައިގަންނަވާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި އަރަބި ބަހުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ދަތުފުޅުގެ ތެރެއިން ރައީސް މަދީނާއަަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމުގައި އެންމެ ކުރީ ސަފުގައި ހުންނެވީ މަދީނާ ސަރަހައްދުގެ ގަވަރުނަރު އަމީރް ސަލަމާން ބިން ސުލްތާން ބިން ޢަބްދުލްޢަޒީޒް އަލް ސައުދު ކަމަށެވެ.

ރައީސް އޮފީހުން ވިދާޅުވިގޮތުގައި ވަޒީރު ޝަހީމްގެ އިތުރުން މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އިސްލާމީ މަރްކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަތީފު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒު، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް އަލީ އާރިފް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އަބްދުﷲ ނާސިރު ބައިވެރިވެވަޑައިގެންނެވިއެވެ.