އިސްލާމް ދީނަށް ފުރައްސާރަކުރުމަކީ މުރުތައްދުވުމުގެ އަމަލެއް ކަމަށް ޝެއިހް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

Ads by Asuru

ސަމީރު މިފަދައިން ވިދާޅުވީ ފޭސްބުކްގައި އާންމުކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ސަމީރު ވިދާޅުވީ މުރުތައްދުވުމަކީ އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅުއްވާފައިވާ ކުށެއް ކަމަށެވެ.

އަދި އިސްލާމީ ޝަރީޢަތުގައި ޙައްދު ނުވަތަ ޤިޞާޞް ކަނޑައަޅުއްވާފައިވާ ކުށްތަކަށް ދަޢުވާކުރަން ވާނީ ޤާނޫނުލް ޢުޤޫބާތުގެ 1205 ވަނަ މާއްދާގެ ދަށުން ކަމުގައިވެސް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ދީނަށް ފުރައްސާރަމުންދާކަން ޝަރުޢީ ހަމަތަކުގެ މަތިން ސާބިތުވުމާ އެކީ ވެސް އެ މީހަކު އެގޮތުގައި ވީއްލިފައި ހުރުމަކީ ފަރުދުންނާއި މުޖުތަމަ ޢަށް ވެސް އޮތް ބޮޑުވެގެންވާ ނުރައްކަލެއްކަން ކަށަވަރު ކަމަށެވެ.

ޝެއިހު ސަމީރު މިހެން ވިދާޅުވިއިރު، ރާއްޖޭގައި މަދުން ނަމަވެސް ދީނަށް ފުރައްސާރަ ކުރާ މީހުން އުޅެއެވެ. އެފަދަ މީހުންނަށް އެކަށީގެންވާ ފިޔަވަޅު ނާޅާކަމުގެ ޝަކުވާ ބޮޑެވެ.