ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހާ ގުޅިގެން ހުޅުމާލޭގައި ބޭއްވި ”އުފާ ފެސްޓިވަލް“ ގައި އެމްއެންޑީއެފުން ބައިވެރިވެއްޖެއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކްގައި އިއްޔެ ފެށި މި ފެސްޓިވަލަކީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބޭއްވި ފެސްޓިވަލެކެވެ.
މިއަދުގެ ނިޔަލަށް ކުރިއަށްދާ މި ފެސްޓިވަލްގައި އެމްއެންޑީއެފްގެ އިވެންޓްތައް ކުރިއަށްދާނީ ހަވީރު 16:00 އިން ފެށިގެން 18:00 ގެ ނިޔަލަށެވެ.
އާންމުކޮށް ހުޅުުވާލައިގެން ބޭއްވި މި ފެސްޓިވަލްގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ވަނީ ފަޔަރ ލެޑަރއަށް އެރުމާއި، އޮބްސްޓިކަލް ބެލްޓް، މަންކީ ރެކް، ޓަނަލް، ޒިގްޒެކް ވޯކިންގ، އަދި ވޯލް ކްލައިމްބިންގ ފަދަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.
މި ފެސްޓިވަލްގައި އެމްއެންޑީއެފުން ކުރިއަށްގެންދިޔަ އެކި ހަރަކާތްތަކަށް ފެސްޓިވަލްގައި ބައިވެރިވި ކުޑަކުދިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.