އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ މައުލޫމާތު މިއަދު 12:30 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ.ނައިފަރު ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން މިއަދު 14:00 ހާއިރު އެ ރަށަށް ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށެވެ.
އަދި އޭގެ ކުރިން، ފަޔަރ ފައިޓަރުން އެ ރަށަށް ދިއުމަށް ވަގުތުތަކެއް ނަގާނެތީވެ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އެދުމަށް، ޝިޔާމް ވޯލްޑް ރިސޯޓާއި، ވެލާ ރިސޯޓް އަދި ރަންދެލި ރިސޯޓްގެ ފަޔަރމަނުން ވަނީ އެ ރަށަށް ގޮސް އަލިފާން ނިއްވުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.
އަދި މީގެ އިތުރުން ނ.ވެލިދޫ ކައުންސިލްގެ އެހީތެރިކަން ވެސް ވަނީ ލިބިފައި ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުންނާއި ޝިޔާމް ވޯލްޑް ރިސޯޓާއި، ވެލާ ރިސޯޓް އަދި ރަންދެލި ރިސޯޓްގެ ފަޔަރމަނުންނާއި ވެލިދޫ ކައުންސިލުން ގުޅިގެން ކުރި މަސައްކަތުން، މިއަދު 15:15 ހާއިރު އަލިފާންގަނޑު ކޮންޓްރޯލްކޮށް، 17:00 ހާއިރު ވަނީ ކުނިގޮނޑުގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލާފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.