ނަރުހުންނަކީ ކެތްތެރިކަމާއި ހިތްވަރާއިއެކު އެމީހުންގެ މަސްއޫލިއްޔަތު އަދާކުރާ ބައެއް ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރު މިހެން ވިދާޅުވީ، ބައިނަލްއަގްވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރު ވިދާޅުވީ ނަރުހުންނަކީ އެމީހުންނަށް ދިމާވާ ކޮންމެ ޙާލަތެއްގައިވެސް އެއްވެސް ފަސްޖެހުމެއް ނެތި އެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދެމި ތިބޭ ބައެއް ކަމަށެވެ.

އަދި މި މަސައްކަތުގައި ދެމިތިއްބެވި އެންމެހާ ދިވެހި ނަރުހުންނަށް ވަޒީރުގެ މެސެޖުގައިވަނީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.

އިންސާނިއްޔަތަށް ހިދުމަތް ކުރުމުގައި ޣައްޒާގައި ސިއްހީ ހިދުމަތުގައި ދެމިތިބި ނަރުހުންނަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުމަށް މާތް ﷲ ގެ ހަޒުރަތުން ދުއާ ދަންނަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.