ރަސްމީ ފާލަން ނުވަތަ އިއްޒުއްދީން ފާލަން މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by Asuru

މި މަޝްރޫއު ކުރިއަށް ގެންދަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ) އިންނެވެ.

އެ ކުންފުނިން ބުނީ، މި މަޝްރޫއުގެ ދަށުން ކުރީގެ ޖެޓީ ރޫޅާލުމާއި، އައު ޖެޓީގެ ކޮންކްރީޓް މަސައްކަތާއި، ސްޓީލް ސްޓަރަކްޗަރ ފަރުމާކުރުމާއ،ި ލަކުޑި އަދި މަތިވަޑާމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގައެވެ.

270 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކުރިއަށް ގެންދާ މި މަޝްރޫއުއަށް ގާތްގަނޑަކަށް 11.7 މިލިއަން ރުފިޔާއަށް ހަރަދުވާނެކަމަށް ވެސް އެކުންފުނިން ބުނެއެވެ.

ރިޔާ ދޯންޏެއް ސިފަކޮށްދޭ ގޮތަށް އިއްޒުއްދީން ފާލަން ބަދަލުކުރީ ރާއްޖޭގެ މިނިވަންކަމުގެ ރަން ޔޫބީލް 2015ގައި ފާހަގަކުރުމާ ދިމާކޮށެވެ.

އެ ބަދަލު ގެނެސްފައި ވަނޯ އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްގެ ޑިޒައިނަަކަށް، އެމްޓީސީސީންނެވެ.

މި ފާލަމުގެ ބޮޑު މަރާމާތެއް އެންމެ ފަހުން ކުރީ 2017 ގައެވެ.