ރައީސް މުހައްމަދު ނަޝީދު އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމަކީ މިހާތަނަށް ސިޔާސީ ބޭފުޅަކު ބޭއްވެވި އެންމެ ފެންވަރު ދަށް ޕްރެސް ކޮންފަރެންސް ކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެެއެވެ.
މަލީހު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދަށް ފާޑުވިދާޅުވެ، މަލީހު ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު މުޅިންވެސް ހެއްދެވީ އިތުރުފުޅު ކަމަށް ވިދާޅުވެފައެވެ.
މަޖާހެން ހީވިޔަސް ދައުލަތުން 2 މުސާރަ ނަންގަވާ އަމިއްލަ ސުޕާ މެޖޯރިޓީގެ އެހީގައި ގަނޑުވަރު ހޯއްދަވާ މިކަންވަނީ ބަންޑާ ތޫފާނަކަށްވެފަ. މިއީ ބައިތުލް މާލު ދަވާލުން.
މިހާތަނަށް ސިޔާސީ ބޭފުޅަކު ބޭއްވި އެންމެ ފެންވަރު ދަށް ޕްރެސް ކޮންފަރެންސް. ބުހުތާނު ދޮގު މައްޗަށް ދޮގު. މަޖާހެން ހީވިޔަސް ދައުލަތުން 2 މުސާރަ ނަންގަވާ އަމިއްލަ ސުޕާ މެޖޯރިޓީގެ އެހީގައި ގަނޑުވަރު ހޯއްދަވާ މިކަންވަނީ ބަންޑާ ތޫފާނަކަށްވެފަ. މިއީ ބައިތުލް މާލު ދަވާލުން. pic.twitter.com/EbXprp1Dw1
— Mohamed Maleeh Jamal (@maleehjamal) August 15, 2022
މަލީހު މިހެން ވިދާޅުވެފައިވާއިރު، ނަޝީދު ނޫސްވެރިންގެ ގިނަ ސުވާލުތަކަށް ޖަވާބު ނުދެއްވައި ވަޑައިގެންނެވިކަން ބައެއް ނޫސްވެރިން ވަނީ ފާހަގަވެސް ކޮށްފައެވެ.
ނަޝީދު މީގެ ކުރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ޒިނޭގެ ތުހުމަތު ކުރައްވައި ދެއްކެވި ވާހަކައިގެ ތަފްސީލު ހޯދުމަށް ނޫސްވެެރިން މަސައްކަތް ކުރިއިރު، އެމަނިކުފާނު އެވާހަކަފުުޅު ދެއްކެވީ ވަރަށް ބޮޑަށް ރާގު ބަދަލު ކުރައްވައިގެންނެވެ. އެގޮތުން އެ ދެބޭފުޅުންގެ ވަަރަށް ގިނަ ފޮޓޯތައް އެކަކު އަނެކަކު އަތްޕުޅުގައި ހުންނާނެ ކަމަށް ވިދާޅުވިއެވެ.