ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ސައިކަލެއް ކަހާލައި، އެކްސިޑެންޓުވި މީހާ ނިޔާވެއްޖެއެވެ.

Ads by Asuru

ފުލުހުން ބުނީ ހުޅުމާލެ ނިރޮޅުމަގުގެ އެމްޑަބްލިއުއެސްސީ ކައިރިން ދުއްވާފައިދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓިފައިވާކަމަށް މޭ މަހުގެ ފަސް ވަނަ ދުވަހު 03:26 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން ފަރުވާދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި އަދި އިތުރު ފަރުވާއަށް އޭޑީކޭއަށް ގެންދެވުނު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

އޭޑީކޭގައި އެމީހާއަށް ފަރުވާދެމުން ދަނިކޮށް މޭ މަހުގެ ހަ ވަނަ ދުވަހު ނިޔާވެފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.