ހުޅުމާލެ ހޮޓަލެއްގެ ތެރޭގައި، ބިދޭސީއަކާއި މާރާމާރީ ހިންގި ދިވެއްސަކު ހައްޔަރު ކޮށްފިއެވެ.

Ads by Asuru

ފުލުހުން ބުނީ، ހުޅުމާލެ ހޮޓަލެއްގައި ދިވެެއްސަކާއި ބިދޭސީ މީހަކާ ދެމެދުގައި އިއްޔެ ހިންގި މާރާމާރީއެއްގެ މައްސަލަ ރޭ 00:26 ގައި ރިޕޯޓުކުރި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން 33 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.