މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ނިމިގެންދިޔަ ރަމަޟާން މަހު ކުރިއަށް ގެންދިޔަ ހާއްސަ ޕްރޮމޯޝަނުގެ ނަސީބުވެރިން މިއަދު ހޮވައިފިއެވެ.

Ads by Asuru

މިއީ ”ފަސްމީރު މާމީރު“ ނަމުގައި މިފްކޯ އިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަނުގައި އެއްވަނަ އަށް ގުރުއަތުން ހޮވޭ ފަރާތަކަށް 100،000 ރުފިޔާ ވަނީ ދީފައެވެ. އަދި ދެވަނަ އަށް ހޮވޭ ނަސީބުވެރިޔާއަށް 50،000 ރުފިޔާ ދީފައިވާއިރު، ތިންވަނައަށް ހޮވުނު ފަރާތަށް 25،000 ރުފިޔާ ވަނީ ދީފައެވެ.

މިއަދު ނެގި ގުރުއަތުގައި، ”ފަސްމީރު މާމީރު“ ޕްރޮމޯޝަންގެ ނަސީބުވެރިން:

  • އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބުނު ނަސީބުވެރިޔަކީ ޔޫސުފް އެވެ.
  • ދެވަނަ އިނާމު ކަމުގައިވާ، ބައި ލައްކަ ރުފިޔާ ލިބުނީ، ސްރީ ޕްރިތަމް ކުމާރު ކިޔާ ބިދޭސީއަކަށެވެ.
  • 25000 ރުފިޔާގެ ތިންވަނަ އިނާމު ލިބުނީ، އައިޝަތު އަފްނާންއަށެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ މިފްކޯގެ ކޮންމެ އައުޓްލެޓަކުންވެސް 200 ރުފިޔާ އިން މަތީގެ ވިޔަފާރިއެއް ކުރާ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށެވެ.

މިފްކޯ އިން ވަނީ، ރޯދަ ޕްރޮމޯޝަނުގެ ނަސީބުވެރިންނަށް މަރުހަބާ ކިޔައި، ޕްރޮމޯޝަނުގައި ބައިވެރިވީތީ، ޝުކުރު އަދާ ކޮށްފައެވެ.