މާލެ އާއި ހުޅުލެއާއި ދެމެދުގައިވާ ސިނަމާލެ ބްރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

Ads by Asuru

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން މިރޭ ވިދާޅުވީ، މީގެ އިރުކޮޅެއްކުރިން ބުރިޖުމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

ޝިފާން ވިދާޅުވިކ އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދާކަމަށާއި އަނިޔާވި މީހުންގެ ތެރެއިން މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.

ނަމަވެސް މި އެކްސިޑެންޓާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ދީފައެއް ނުވެއެވެ.