ގައުމު ދެމި އޮތުމަށް، އާއިލާތައް ބަދަހިވެ، ހަރުދަނާވުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ، ބައިނަލްއަގްވާމީ އާއިލާތަކުގެ ދުވަހާ ގުޅިގެން، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވަނީ، ގައުމީ ލޯތްބާއި، ގައުމީ ހިދުމަތާއި، ގައުމު ސަލާމަތް ކުރުމުގެ ވިސްނުން އުފެދެނީ، އާއިލާގެ ތެރެއިން ކަމަށެވެ.
”ގައުމު ދެމި އޮތުމަށް، އާއިލާތައް ބަދަހިވެ، ހަރުދަނާ ވުން މުހިންމެވެ.“ ރައީސް ވިދާޅުވިއެވެ.
— Dr Mohamed Muizzu (@MMuizzu) May 15, 2024
އާއިލާތަކުގެ ދުވަސް ފާހަގަކުރާތާ 30 އަހަރު މިއަހަރު ފުރުނީއެވެ.
މި ދުވަހަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ދުވަހެކެވެ.
އެގޮތުން މިއީ ބައެއް ގައުމުތަކުގައި ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ހިމަނާފައެވެ.