ހުޅުމާލެ ފޭސް އެކެއްގައި، ވޭނެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

Ads by Asuru

ފުލުހުން ބުނީ، ހުޅުމާލެ ފޭސް އެކެއް، ސަހަރާ ކުރިމަތީ މަގުގައި ޕާކު ކޮށްފައި އޮތް ވެހިކަލެއްގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ހޮސްޕިޓަލަށް ގެންދިޔައިރުވެސް  އެ މީހާ މަރުވެފައިވާކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތު ދީފައިވެއެވެ. މަރުވެފައި އޮށްވާ ފެނިފައިވަނީ ބިދޭސީ ފިރިހެނެކެވެ.

ފުލުހުން ބުނީ، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. ނަމަވެސް މައްސަލައާއި ގުޅޭ އިތުރު ތަފުސީލެއް ނުދެއެވެ.